ރާއްޖޭގެ ހިތުގެ ޑޮކްޓަރުންގެ ހުނަރު އިތުރުކުރަން ބައްދަލުވުމެއް ބާއްވަނީ

ރައްޖޭގައި މަސައްކަތް ކުރާ ކާޑިއޮލޮޖިސްޓުންގެ ހުނަރު އިތުރު ކުރުމަށް އައިޖީއެމްއެޗްގައި އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. އައިޖީއެމްއެޗުން ބުނީ މި މަސައް...

24 Mar 2022 | 07:41

ރައްޖޭގައި މަސައްކަތް ކުރާ ކާޑިއޮލޮޖިސްޓުންގެ ހުނަރު އިތުރު ކުރުމަށް އައިޖީއެމްއެޗްގައި އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނީ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުސަަދަކީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކެލްސިއަމްޖަހާ ހަރުވެފައިހުރި ހިތުގެ ހޮޅިތަށް ހުޅުވުމުގައި ބޭނުންކުރާ އުކުޅުތަކާއި މިހޮޅިތަކުގެ އެތެރެ ސްކޭން ކުރުމަށް ގެންގުޅޭ ފަހުގެ ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުން ކަމަށެވެ.

"ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަރވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތު ބައްދަލުވުން ކުރިއަަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މިއީ އައިޖީއެމްއެޗާ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލްސް ގުޅިގެން ލައިވް ޓެލެކާސްޓް މެދުވެރިކޮށް އިންޑިއާ، ނޭޕާލް އަދި ދިވެހިރާއްޖޭގެ

ހިތުގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވާ އިންޓަރވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތުބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް