ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގެ ކޮންޓެއިނަރ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ދެ ކުންފުނިން ސިއު ކުރީ އިއްޔެ އެވެ.
މި އެއްބަސްވުމުގެ ދަށުން، މި ކުންފުނީގެ ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓާއި އިންވެގެން އޮންނަ ބިން ލިބޭނެ އެވެ. އަދި މިހާރު ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސްކޮންޓެއިނަރު ޖެހޭނެއެވެ.
ކެޕޭސިޓީ އިތުރުވުމުގެ އިތުރަށް، "އޮޕަރޭޝަން ކެޕޭސިޓީ" ރަނގަޅުވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. ރޯދަ މަހަކީ ކުންފުނީގެ މަސައްކަތުގައި ބާރުބޮޑު އަދި ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދުވެސް އިތުރުވެގެންދާ މައްސަރަކަށް ވުމާއި އެކު، މި ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މައި ޕޯޓު (މާލެ ކޮމާރޝަލް ހާބަރ)ގައި ކޮންޓެއިނަރ ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ބުނެ އެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ، ބޯޓުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް މުދާ އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް