ވައްކަމުގެ މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަން ކުޅުދުއްފުށި ސިޓީ ޕޮލިހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތިން މީހުންނަކީ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އާންމުގެ އެހީއަށް އެދެފިއެވެ.
އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ތިން ޒުވާނަކު ހިނގާފައި އަންނަތެނެވެ. ދެން ފެންނަނީ އޭގެ ތެރެއިން އެކަކު ބިން މައްޗަށް ވެއްޓިފައި އޮންނަ އެއްޗެސސް ނގައިގެން ދެކޮޅު ބަލާލުމަށ ޖީބަށް ލާތަނެވެ.
https://youtu.be/zfAjALk9Im0
ފުލުހުން ބުނީ އެ ތިންމީހުނާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ހޮޓްލައިން ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް