ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރު

ކުރިޔަށް އޮތް ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގ...

24 Mar 2022 | 06:36

ކުރިޔަށް އޮތް ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވަނީ ރޯދަ މަހު ކިޔަވައިދޭނީ އެ ދެމަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް ބުނެފައިވެ އެވެ.

އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ފެށުމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރެވެ. ގްރޭޑު 1-6ގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓު އަދި 7-12 ގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދޭނެ އެވެ.

އުސޫލުގައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތުތައް މަދުވުމުން، މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށް އެދިފަ އެވެ. އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ވެސް ސާކިއުލާގައި އެދިފައިވެ އެވެ.

ދަންފަޅިތައް ރާވާއިރު ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.

އޭގެ ތެރޭގައި ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުން ހިމެނެ އެވެ. އަދި ހަވީރު 4:00ން ރޭގަނޑު 9:00 އާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށް އަންގާފައިވެ އެވެ.

މީގެ އިތުރުން މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށް ސާކިއުލާގައި އަންފައިވެ އެވެ. މީގެ އިތުރުން

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް