ނަޝީދުގެ ވަކީލު، މެންބަރު ހިސާންގެ ތާއީދުވެސް ފައްޔާޒަށް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ތާއީދު ކުރައްވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީ...

24 Mar 2022 | 06:13

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ތާއީދު ކުރައްވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހާމަކުރައްވައިފިއެވެ.

ވާދަވެރި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކިގެ ކެންޕެއިންތައް ކުރިޔަށް ދާއިރު އެޕާޓީ ވަނީ ދެބައިވެ ދެ ފެކްޝަނަކަށް ބެހިފައެވެ. އެއީ ރައީސް ސާލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ.

ޗެއާޕާސަންކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރިމަތިލާއިރު އިންތި ވާދަކުރައްވަނީ ނަޝީދުގެ ފެކްޝަނުންނެވެ. އަދި ފައްޔާޒު ނިކުންނަވަނީ ރައީސް ސާލިހުގެ ފެކްޝަނުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަން ވެސް ކުރައްވާ ހިސާން ވަނީ ފައްޔާޒަށް އޭނާގެ ތާއީދުއޮތްކަން ތަމްސީލު ކޮށްދެއްވަމުން، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ފައްޔާޒުގެ ކެމްޕޭން މެނޭޖަރ އިބުރާހީމް ވަހީދާއެކީ، ފައްޔާޒު އިސްމާއިލްގެ ކެނޑިޑޭޓް ނަމްބަރު 2 ދައްކަވަމުން ފޮޓޯ ނަންގަވާ ފޮޓޯ މީސް މީޑިއާގައި އާންމު ކުރައްވާފައެވެ.

އެމްޑީޕީގެ އެތޭރޭގެ އިންތިހާބުތަކުގެ ކެންޕެއިންތައް ފޯރިއާއެކު ކުރިޔަށްދާ އިރު އެ ޕާޓީގެ އިންތިހާބު އޮތީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. ކުރިން މި އިންތިހާބު ބޭއްވުމަށް ތާއާވަލް ކޮށްފައި އޮތީ އަންނަ އޭޕްރިލް މަހުގައެވެ. ނަމަވެސް އިންތިހާބު ރޯދަމަހާ ދިމާވަތީ އިންތިހާބު ފަސްކުރުމަށް ފައްޔާޒު ހުށަހަޅާ އެ ޕާޓީގެ އާންމު މަޖިލީހުގައި ވަނީ ބޮޑަތި ދެބަސްވުން ތަކެއް އުފެދި އަރާރުންވަތަކެއް ހިނގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް