މާލޭގެ ހެންވޭރާއި ގަލޮޅު އަވަށުގެ ބައެއް ގެތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2:00 އިން 3:30 އަށް މާލޭގެ ހެންވޭރާއި ގަލޮޅުގެ ބައެއް އަވަށްތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑޭނީ ހެންވޭރާއި، ގަލޮޅު އަވަށުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން މޫނިމާހިނގުމާއި، އިރުދޭމާ ހިނގުމާއި، އަދި ދޮންއަދަރާދަ ހިނގުން ހިމެނޭ ސަރަހައްދުންނެވެ.
ކަރަންޓް ކެނޑޭ ވަގުތު ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.
މާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި ހިދުމަތް ދޭން ފަށާފައިވާއިރު، މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް