ޕުޓިންގެ އެޑްވައިޒަރު އެނަތޮލީ ރުޅިއައިސްގެން އިސްތިއުފާދީ ރަޝިއާ ދޫކޮށް ގޮސްފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އެޑްވައިޒަރު އެނަތޮލީ ޗުބައިސް މަގާމުން އިސްތިއުފާ ދީ ގައުމު ދޫކޮށް ހިނގައްޖެ އެވެ. އެނަތޮލީ އަކީ ޕުޓިންގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމެނ...

24 Mar 2022 | 05:58

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އެޑްވައިޒަރު އެނަތޮލީ ޗުބައިސް މަގާމުން އިސްތިއުފާ ދީ ގައުމު ދޫކޮށް ހިނގައްޖެ އެވެ.

އެނަތޮލީ އަކީ ޕުޓިންގެ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓާއި ގުޅޭ ހާއްސަ އެޑްވައިޒަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެނަތޮނީ އިސްތިއުފާ ދެއްވީ ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރުމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި ރައީސް ޕުޓިންގެ ނިންމުންތަކަށް ތާއީދު ކުރައްވާ މަގާމު ދިފާއުކޮށްގެން ހުންނަވަން ބޭނުން ނުވާތީ ރުޅިއައިސްގެން ކަމަށްވެ އެވެ.

އަދި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު މިދިޔަ ބުދަ ދުވަހު ގައުމު ދޫކޮށް ގޮސްފައި ކަމަށްވެ އެވެ.

ޔޫކްރެއިން ހަނގުރާމަ އާއި ދެކޮޅަށް ރަޝިއާގެ އެތައް ހާސް ބަޔަކު ދަނީ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. ޕުޓިންގެ ސަރުކާރުން މިހާތަނަށް އެ މުޒާހަރާތަކުން އެތައް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

މުޒާހަރާތަކުގެ އިތުރުން ރަޝިއާގެ ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ޓީވީ ޕްރެޒެންޓަރުންވެސް ދަނީ ދޮގު ހަދަން ޖެހޭތީކަމަށް ބުނެ ވަޒީފާއިން އިސްތިއުފާ ދީ ގައުމު ދޫކޮށް ދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް