ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އެކުގައި، ކެންޕެއިނަށް ނުނުކުންނަވާތީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންކުރެއްވި މޫސާ މަނިކު (ރީކޯ)ގެ ފާޑުކިޔުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވެއްޖެއެވެ.
މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަޝީދާއެކީ ވާހާލެއްގައި ވާންޖެހޭ ސަބަބެއްނަކަމަށާއި އިންތިއާ އެކީގައި ރައީސް ނަޝީދު މަގުމައްޗަށް ކެންޕެއިނަށް ނުކުމެވަޑައިނުގަންނަވަނީ އިންތި އިންތިޚާބުން ބަލިވެދާނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.
މޫސަގެ ޓްވީޓްގައި ނަޝީދުގެ ޕޯސްޓަރަކާއެކީ އިތުރަށް ވަނީ، ނަޝީދުގެ ނަން ފަނޑުވެދާނެތީވެ، އޭތި މީތި ކިޔާފައި އަމިއްލައަށް ގޭގައި ޕޯސްޓާރ ހަދައިގެން އުޅުއްވާކަމަށް ތުހުމަތުކޮށް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
https://twitter.com/ReekoMoosa/status/1506827331310129154
އެމްޑީޕީ ދެބަޔަށް ބެހި ޕާޓީ ތެރޭގައި މަސްލަހަތު ގޯސްވެފައިވާއިރު އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކެންޕެއިންތަށް ދަނީ ފޯރިއާއެކު ކުރިޔަށެވެ. އެޕާޓީގެ ޗެއާޕާސަންކަމަށް އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
އިންތި އަކީ ރައީސް ނަޝީދު ފެކްޝަނުން ވާދަކުރައްވާ ކެންޑިޑޭޓެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ނުކުމެ ހުންނެވީ ފައްޔާޒެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް