މާތްވެގެންވާ ދެ މިސްކިތުގައި މި ރޯދަމަހު އިއުތިކާފަށް ތިބެވޭނެކަމުގައި ސައޫދީގެ ޖެނެރަލް ޕްރެސިޑެންސީ އެފެއާޒުން ބުނެފިއެވެ.
ސައޫދީން މި ހުއްދަ ދީފައިިވާއިރު ކޮވިޑާއި ގުޅިގެން ފާއިތުވި ދެ އަހަރުވެސް މި ފުރުސަތު ދީފައެއްނުވެއެވެ.
މި ހުއްދަ މިފަހަރު އޮންނާނެކަން ހާމަކުރަމުން އެ އެފެއާޒުން ބުނެފައިވަނީ ރޯދަމަހުގެ ފަހު ދިހައެއްގައި މާތްވެގެންވާ ދެ މިސްކިތުގައި މަދުވެގެން ލައްކައަކަށްވުރެ ގިނަ މީހުންނަށް އިއުތިކާފުގައި ތިބެވޭނެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް