މާލެ ތެރޭގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ވޭތުވެ ދިޔަ 2 ހަފްތާގެ ތެރޭގައި 1360 އަށް ވުރެ ގިނަ ޕެލެޓް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ޕެލެޓްތަނަގަން ފަށާފައިވަނީ ނިމިދިޔަ މަހުގެ 15 ވަނަ ދުވަހުގައެވެ. ޕެލެޓްތައް ނަގަން ސިޓީ ކައުންސިލުން ދެ ތާރީހެއް ކަނޑައެޅި ނަމަވެސް، އެ މަސައްކަތް ނުކުރެވި ދިއުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މާލެސިޓީ ކައުންސިލުން އިތުރަށް ބުނީ މޭޔަރު މުއިއްޒުގެ އަމާޒަކީ މި ފެށޭ ރޯދަ މަސް ފެށުމުގެ ކުރިން ޕެލެޓް ތައް މާލޭގެ މަގުތަކުން ނަގާ ހުސްކުރުން ކަމަށެވެ.
ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް