ރަޝިޔާއިން ޔޫކްރޭން ހިފުމުގެ ނިޔަތުގައި އެ ގައުމަށް ދެމުންއަންނަ ހަމަލާތަކުގައި މިހާތަނަށް 121 ކުޑަކުއްޖަކު މަރުވެފައިވާކަމަށް ޔޫކްރޭނުން ބުނެފިއެވެ.
އެގައުމުން މިކަން އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންނެވެ.
އެ އޮފީހުގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ބުނެފައިވަނީ 121 ކުޑަކުއްޖަކު މަރުވެފައިވާއިރު 167 ކުޑަކުއްޖަކު ޒަހަމްވެ ފަރުވާދެމުން އަންނަ ކަމަށެވެ.
ޔޫކްރޭނުން މިހެން ބުނެފައިވާއިރު ރަޝިޔާއިން ޔޫކްރޭނުގައި ހަނގުރާމައިގެ ޖަރީމާ ހިންގައިފިކަމަށް އެމެރިކާއިން އިއްޔެ މިވަނީ ބުނެފައެވެ.
އެމެރިކާއިން އިއްޔެ ބުނެފައިވަނީ މި ހަނގުރާމައިގާ ރަޝިޔާއިން ހަނގުރާމައިގެ ޖަރީމާ ހިންގައިފިކަން ޝައްކެއްނެތް މިންވަރަށް މިހާރު ކަށަވަރުކުރެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް