އަފްޣާނުގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި އަންހެން ދަރިވަރުންގެ ސްކޫލުތަކުގައި ތަޅު އަޅުވައިފި

ގާތްގަނޑަކަށް އަހަރެއް ފަހުން އަންހެން ދަރިވަރުންނަށް އަފްޣާނުގައި ސްކޫލު މަދަރުސާތައް ހުޅުވާލުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އަލުން ސްކޫލުތަކުގައި ތަޅު އަޅުވައިފިއެވެ. މިކަން ބައިނަލްއަގްވާމީ ...

24 Mar 2022 | 03:45

ގާތްގަނޑަކަށް އަހަރެއް ފަހުން އަންހެން ދަރިވަރުންނަށް އަފްޣާނުގައި ސްކޫލު މަދަރުސާތައް ހުޅުވާލުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އަލުން ސްކޫލުތަކުގައި ތަޅު އަޅުވައިފިއެވެ.

މިކަން ބައިނަލްއަގްވާމީ މީޑިއާތަަކަށް ތާލިބާނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސަބަބެއް ބުނެފައެއް ނުވެއެވެ.

އަންހެން ދަރިވަރުންނަށް އަފްޣާނުގައި އިއްޔެ ސްކޫލު މަދަރުސާތައް ހުޅުވާލީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޮގަސްޓް 15 އަށް ކުރިއަށްދިޔަ ދާހިލީ ހަމަނުޖެހުންތަކަށްފަހު ގައުމުގެ ކޮންޓްރޯލު ތާލިބާނުންގެ އަތްދަށަށް ގެންދިއުމަށްފަހު ފުރަތަމަ ފަހަރަށެވެ.

ފުރަތަމަ ފަހަރަށް އިއްޔެ ސްކޫލު މަދަރުސާތައް ހުޅުވައިލީވެސް ބައިނަލްއަގްވާމީ ޕްރެޝަރާއެކުގައެވެ. ނަމަވެސް އަލުން ބަންދުކޮށްފައިވާއިރު ބައިނަަލްއަގްވާމީ ގޮތުން ތާލިބާނުންގެ ލީޑަޝިޕާއެކު އަފްޣާން ބަލައިގަތުމަށް ދުނިޔެއިން ދެކޮޅު ހަދާނެކަމަށް ބެލެވެއެވެ.

އަންެހެން ދަރިވަރުން ތައުލީމު ހާސިލުކުުރުމަކީ ތާލިބާނުން ގަބޫލުކުރާ އުސޫލަކަށް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް