ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް 1،500 މީހުން ސޮއިކޮށް ސިޓީ ހުށަހަޅައިފި

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ސިޔާ ޔޫނިއަންއިން އިސް ނަގައިގެން ސޮއި ކުރި ސިޓީތައް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅައިފި އެވެ. ހިޔާޔޫނިއަން އިންބުނާގޮތުގައި ސި...

24 Mar 2022 | 03:40

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ސިޔާ ޔޫނިއަންއިން އިސް ނަގައިގެން ސޮއި ކުރި ސިޓީތައް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅައިފި އެވެ.

ހިޔާޔޫނިއަން އިންބުނާގޮތުގައި ސިޓީތައް ހުށަހަޅަން ނިންމާފައިވަނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ހަވީރާއި ރޭގަނޑުވެސް ސޮއި ކުރުން ކުރިޔަށް ދާނެ ކަމަށް ބުނެ އެވެ.

އިއްޔެ ހުށަހެޅި 1،500 މީހުންގެ ސިޓީއަކީ މި މަސައްކަތް ފެށިތާ 10 ގަޑިއިރު ތެރޭގައި ސޮއި ކުރި މީހުންގެ ސިޓީތައް ކަމަށް ބުނެ އެވެ. އެކި ބުރުތަކަށް ބަހާލާގެން މިކަން ކުރުމުގެ މަޤުސަދަކީ ހިޔާގެ ބަލަދުވެރި ފަރާތް އެޗް،ޑީ،ސީ އަށް ސިޓީތައް ހޭންޑް އޯވާރ ކުރަން ފަސޭހަކޮށްދިނުމާއި ކަމުގެ ބާވަތުން ގިނަ ބަޔަކަށް ބައިވެރި ވުމަށް ފުރުސަތު ދިނުމެވެ.

ހިޔާޔޫނިއަންއަކީ ހިޔާ ފުލެޓު ލިބުނު މީހުންގެ ހައްޤުތަށް ހޯދާދިނުމަށް ވަކާލާތުކުރުމާއި އަދި ހިޔާޝަހަރުގެ އިޖުތިމާޢީ ކަންކަން ކުރިއެރުމަށް އެކުލަވާލެވުނު ޖަމިއްޔާއެކެވެ. މިޖަމިއްޔާއިން ވަނީ ހިޔާގެ ގުރޭސްޕީރިއަޑް އިތުރުކުރުމަށްގޮވާލާ ކުރި ސިލްސިލާ ސުލްހަވެރިމުޒާހަރާތަކަށްފަހު ކުރެވުނު އެތަށްމަސައްކަތެއްގެ ނަތީޖާއެއްގެގޮތުން ސަރުކާުރުންވަނީ މީގެކުރިން ގުރޭސްޕީރިއަޑަށް އިތުރު ތިންމަސްދެއްވާފައެވެ.

އަދި ޔޫނިއަން އިންވަނީ ގުރޭސްޕީރިއަޑާއި ކުލި ހިމެނޭހެން އިތުރު ޑިމާންޓްތަކާއި އެކު ޖޫން 2021 ގައި 2100(ދެހާސް އެއްސަތޭކަ) މީހުންގެ ސޮއި އާއެކު ޕެޓިޝަންއެއްވަނީ ކަމާގުޅުންހުރިވުޒާރާތަކަށްހުށައަޅާފައެވެ.

ހިޔާ ފްލެޓުތަކުން އަންނަ މަހުން ފެށީގެން ކުލި ނަގަން ފަށާނެ އެވެ. ސަރުކާޜުން ނިންމާފައިވަނީ ކުލީގެ ގޮތުގައި8،500 ރުފިޔާ ނެގުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް