މިއީ އައިފޯން 14 ޕްރޯގެ ޑިޒައިނަށް ވެދާނެ !

މި އަހަރުގެ ސެޕްޓެމްބަރ-އޮކްޓޯބަރ ގައި އައިފޯން 14 ލޯންޗުކޮށްފާނެ ކަމަށް ބެލެވޭއިރު އަލަށް ލޯންޗުކުރާނެ 14 ޕްރޯ އަދި 14 ޕްރޯ މެކްސްގެ ޑިޒައިންކަމަށް ބެލެވޭ ޑިޒައިނެއް ލީކުކޮށްލައިފިއެވެ. މި ޑިޒައިނަށް...

23 Mar 2022 | 22:06

މި އަހަރުގެ ސެޕްޓެމްބަރ-އޮކްޓޯބަރ ގައި އައިފޯން 14 ލޯންޗުކޮށްފާނެ ކަމަށް ބެލެވޭއިރު އަލަށް ލޯންޗުކުރާނެ 14 ޕްރޯ އަދި 14 ޕްރޯ މެކްސްގެ ޑިޒައިންކަމަށް ބެލެވޭ ޑިޒައިނެއް ލީކުކޮށްލައިފިއެވެ.

މި ޑިޒައިނަށް ބަލާއިރު އައިފޯން 13 ޕްރޯ އަދި 13 ޕްރޯ މެކްސް އާ މާ ބޮޑު ތަފާތެއް ނުފެނެއެވެ. ފެންނަ ހަމައެކަނި އަދި އެންމެ ބޮޑު ތަފާތަކީ ޑިސްޕްލޭގެ މަތިން ކެމެރާއަށް ދީފައިވާ ޖާގައިގެ ބަދަލުގައި ޖާގަކުޑަކޮށް އައި އަކުރެއް ސިފަވާހެން ކުޑަ ދެ ޖާގައެއް ދީފައިވާ ދިނުމެވެ.

އައިފޯނަށް ލޯބިކުރާ ފަރާތްތަކުންވެސް އައިފޯނުގެ ޑިޒައިނަށް މާބޮޑު ބަދަލެއް އަތުވެދާނެކަމަށް އުންމީދެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުންވެސް ލޯބިކުރަނީ ޓެކްނިކަލް ފީޗާސްތަަކަށް އަންނަ ކުރިއެރުމަށެވެ.

2017 ގައި އައިފޯން އެކްސްއާއި ހަމައިން ޑިޒައިނަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެެއެވެ.

އައިފޯން 14 ޕްރޯ އަދި އައިފޯން 14 މެކްސް ޕްރޯގެ ޑިޒައިންކަމަށް ބެެލެވޭ ޑިޒައިނެއް ލީކުވެފައިވާއިރު މި ލީކަކީ އަސްލާ ވަރަށް ގާތްކުރާ ޑިޒައިނެއްކަމަށް ޓެކް ނިއުސް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް