ގާދޫނީގެ އުނދަގޫ ބޮޑުވެ ވެނިސްގެ ހޮޓަލެއްގައި ގެސްޓުންނަށް ފެންބަޑި ދެނީ

އިޓަލީގެ ވެނިސްގައި ގާދޫނީގެ އުނގަގޫ އިންތިހާއަށް ބޮޑުވެފައިވާއިރު އެ ސިޓީގެ މަޝްހޫރު ހޮޓަލެއްގައި ގެސްޓުންނަށް ފެންބަޑި ދޭން ފަށައިފިއެވެ. އެ ހޮޓަލުުން ބުނެފައިވާގޮތުގައި ގެސްޓުން ކާންތިބޭ ގަޑީގައި ކ...

23 Mar 2022 | 21:37

އިޓަލީގެ ވެނިސްގައި ގާދޫނީގެ އުނގަގޫ އިންތިހާއަށް ބޮޑުވެފައިވާއިރު އެ ސިޓީގެ މަޝްހޫރު ހޮޓަލެއްގައި ގެސްޓުންނަށް ފެންބަޑި ދޭން ފަށައިފިއެވެ.

އެ ހޮޓަލުުން ބުނެފައިވާގޮތުގައި ގެސްޓުން ކާންތިބޭ ގަޑީގައި ކައިރިއަށް ޖައްސަައި ކާއެއްޗެހި ހިފައިގެންދިޔުމާއި ހޮޓަލުގެ އެކި ސަރަހައްދުތަކަށް ގާދޫނި ބޮޑުކަމުދާ ދިއުން ބޮޑު މައްސަލައަކަށްވެފައިވާކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް ގެސްޓުންނަށް ފެންބަޑި ދޭން ނިންމީކަމަށް އެ ހޮޓަލުން ބުނެފައިވެއެވެ. އަދި އެ ފެންބަޑީގައި ހުންނާނީ އޮރެންޖު ކުލައެއްގެ ފެނެއް ކަމަށާއި އެ ކުލައިގެ ފެނަކީ ގާދޫނި ވަރަށް ގަޔާނުވާ ފެނެއްކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް