ކޮށާ، ބާލާ އިސްތަށިން މަންޒަރު ކުރަހާ ފަންނާނެއް !

އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނަކު ތަފާތު ވައްތަރެއްގެ ކުރެހުން ކުރަަހަން ފަށައިފިއެވެ އުމުރުން 32 އަހަރުގެ ޖެސްޓޯނީ ގާސިއާ ނަމަކަށްކިޔާ މި މީހާއަކީ ސީމަނެކެވެ. އަހަރެއްގެ 12 މަހުން އަށް މަސް ހޭދަ...

23 Mar 2022 | 21:25

އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނަކު ތަފާތު ވައްތަރެއްގެ ކުރެހުން ކުރަަހަން ފަށައިފިއެވެ

އުމުރުން 32 އަހަރުގެ ޖެސްޓޯނީ ގާސިއާ ނަމަކަށްކިޔާ މި މީހާއަކީ ސީމަނެކެވެ. އަހަރެއްގެ 12 މަހުން އަށް މަސް ހޭދަކުރަނީ ކަނޑުމަތީގައެވެ.

އޭނާ އުޅޭ ބޯޓުގެ އެންމެ ބޯކޮށަނީ ގާސިއާއެވެ.

އޭނާ ބުނެފައިވަނީ އޭނާގެ ބޯވެސް މަހަކު އެއްފަހަރު ކޮށާ ކަމަށާއި އޭގެ އިތުރުން ތުނބުޅި މަތިމަސް ބާލާފައި އެ އިސްތަށިވެސް ރައްކާ ކުރާ ކަމަށެވެ. އަދި އިސްތައްޓާއި ރެސިން ބޭނުންކޮށްގެން މީހުންގެ މޫނު ކުރަހާ ކަމަށެވެ.

ގާސިއާ ބުނެފައިވަނީ އެ ކުރެހުންތައް ކުރެހުމަށް ބޭނުންކުރަނީ އޭނާގެ އިސްތަށި އެކަނި ކަމަށާއި އެންމެ ފުރަތަމަ ކުރަހަންފެށީ އަމިއްލަ ފޮޓޯ ކަމަށެވެ. ނަމަވެސް މިހާރު މަޝްހޫރު ފަންނާނުންގެ ތަސްވީރުވެސް ކުރަހާކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް