މޮރޮކޯގެ ރައްޔިތުން އަލްޖީރިޔާ ކަދުރު ބޮއިކޮޓް ކުރަނީ

ރަމަޟާން މަސް ގާތްވެފައިވާއިރު ކަދުރަކީ ހުރިހާ މުސްލިމުންނަށްވެސް ރޯދަމަހަށް އެންމެ މުހިންމުވާނެ މޭވާއެވެ. މުސްލިމުން ރޯދަވީއްލަނީ ކަދުރުންނެވެ. ކަދުރު އެންމެ ގިނައިން އުފައްދާ އެއް ގައުމަކީ އަލްޖީރިޔ...

23 Mar 2022 | 21:12

ރަމަޟާން މަސް ގާތްވެފައިވާއިރު ކަދުރަކީ ހުރިހާ މުސްލިމުންނަށްވެސް ރޯދަމަހަށް އެންމެ މުހިންމުވާނެ މޭވާއެވެ.

މުސްލިމުން ރޯދަވީއްލަނީ ކަދުރުންނެވެ. ކަދުރު އެންމެ ގިނައިން އުފައްދާ އެއް ގައުމަކީ އަލްޖީރިޔާއެވެ.

ނަމަވެސް މި އަހަރު އަލްޖީރިޔާ ކަދުރު ބޮއިކޮޓްކުރަން މޮރޮކޯގެ ބައެއް ރައްޔިތުން މިވަނީ ނިންމާފައެވެ. ސަބަބަކަށްވަނީ އަލްޖީރިޔާ ކަދުރު ދަނޑުތައް ހިމެނޭ ސަރަހައްދަކީ 1960ގައި ފްރާންސުން ނިއުކްލިއާ ބޮމެއް ގޮއްވައިލި ސަރަހައްދަކަށް ވުމެވެ.

ކަދުރު ރުއްތަކުގަައްޔާއި ކަދުރުގައި ރޭޑިއޯއެކްޓިވްގެ އަސަރު ހުރެދާނެކަމަށް ބައެއް މީހުން ގަބޫލުކުރަނީއެވެ.

1960ގައި އަލްޖީރިއާ ސަހަރާގައި ފްރާންސުން ގޮއްވައިލި ނިއުކްލިއާ ބޮމަކީ ހީރޯޝީމާއަށް ވައްޓައިލި ނިއުކްލިއާ ބޮމަށްވުރެ ތިންގުނަ ބާރުގަދަ ބޮމެއް ކަމަށް ބުނެވެއެވެ. އަލްޖީރިޔާގެ ސަހަރާގެ ބައެއް ސަރަހައްދުތަކުން އަސަރު ފެންނަކަމަށްވެސް ބުނެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް