މަހްލޫފް ވަނީ މެންދުރު ކެއުންވެސް އަދި ހަވީރު ސައިވެސް ނަގާފައި:ކަރެކްޝަންސް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޖަލުގައި ބަނޑުހައި ހޫނުކަމުގެ ކަމުގެ ހަޅުތާލެއް ފަށާފައިވާކަމުގައި މަހްލޫފްގެ އަނބިކަނބަލުން ވިދާޅުވެފައިވާ...

24 Mar 2017 | 12:41

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޖަލުގައި ބަނޑުހައި ހޫނުކަމުގެ ކަމުގެ ހަޅުތާލެއް ފަށާފައިވާކަމުގައި މަހްލޫފްގެ އަނބިކަނބަލުން ވިދާޅުވެފައިވާއިރު މެންދުރުގެ ކެއުންވެސް އަދި ހަވީރުގެ ސައިވެސް މަހްލޫފް ނެންގެވި ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހްލޫފް ހުންނެވީ ބަނޑުހައިހޫނުކަމުގެ ހަޅުތަާލެއްގައިކަން އަންގާފައިނުވާ ކަމަށެވެ.

ނަމަވެސް މަހްލޫފް ގެ އަނބިކަނބަލުން ނަޒުރާ ނަސީމް މިއަދު ވިދާޅުވީ މެންދުރުފަހު 3 އަކުން ފެށިގެން މަހްލޫފް ހުންނެވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް