ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޖަލުގައި ބަނޑުހައި ހޫނުކަމުގެ ކަމުގެ ހަޅުތާލެއް ފަށާފައިވާކަމުގައި މަހްލޫފްގެ އަނބިކަނބަލުން ނަޒޫ ނަސީމް ވިދާޅުވެއްޖެ އެވެ.
މަހްލޫފްގެ އަނބިކަނބަލުން މިހެން ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގަ އެވެ.
"މަހްލޫފްގެ ފަރާތުން ފޯނުކޯލެއް ލިބުނު، ހުންނެވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައިކަމުގައި ވިދާޅުވި، ކަރެކްޝަންސް އިން ވަނީ މަހްލޫފްގެ ހައްގުތަކަށް އިހްމާލުވެފައި، އިންތިހާއަށް ކަންބޮޑުވޭ" މަހްލޫފްގެ އަނބިކަނބަލުން ކުރައްވާފައިވާ ޓްވީޓްގައި ވެ އެވެ.
ދުވަހަށް މައުލޫމާތު ދެމުން ނަޒޫ ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މަހްލޫފް ފަށާފައިވަނީ ކަރެކްޝަންސް އަށް އެކަން އެންގުމަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން އަންނައިރު މައިގަނޑު ތިން ކަމެއް މަހްލޫފު ފާހަގަކުރައްވާ ކަމަށެވެ.
އެގޮތުން ލޯޔަރު ވިޒިޓް ފުރުސަތު ނުލިބުމާއި މެޑިކަލް ކަންކަން އަޅާނުލާ އޮތުމާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެވުން މަހްލޫފް ފާހަގަކުރައްވާކަމުގައި ނަޒޫ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.
ތަފްސީލް އަންނަނީ ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް