ފްލޫ އާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު އާދީއްތަ ދުވަހުން ފެށިގެން ކިޔެވުން ފަށަން ނިންމާފައިވާއިރު ތާޖުއްދީން ސްކޫލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް މިރޭ ވަގުތެއްގައި ބަންދު ކުރާނެ ކަމަށާއި އަދި ޑިސް އިންފެކްޓްވެސް ކުރާނެ ކަމުގައި އައިޖީއެމްއެޗުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ އެ ކްލިނިކް މިއަދު ބަންދު ކުރާނެ އެވެ. އަދި މިރޭގެ ވަގުތެއްގައި ހުސްކުރާނެ އެވެ.
"ލަފާ ކުރެވޭގޮތުގައި މިރެއަށް ހުސްކުރާނެ، ޑިސް އިންފެކްޓް ކުރާނީ މިކޮޅުން އެކަމަށް ހާއްސަ ޓީމަކުން" މައުސޫމް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ ފްލޫ ކްލިނިކް ދެން ބަދަލު ކުރާނީ އައިޖީއެމްއެޗްގައި ކުރިން ފްލޫ ކްލިނިކް ގާއިމް ކުރި ތަނަށް ކަމަށެވެ.
ޓީއެސްގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކް މިއަދު ބަންދު ކުރަން ނިންމާފައިވާއިރު އޭޑީކޭއިން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސޯސަންގަމުގައި ހުންނަ އިމާރާތުގައި ގާއިމް ކުރި ފްލޫ ކްލިނިކް ވެސް ވަނީ ހުއްޓާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް