އެޗް1އެން1 އިންފްލުއެންޒާގެ ތަފާސްހިސާބު މިއަދު އާއްމު ނުކުރާނެ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގަ އެވެ.
އެޗްޕީއޭގެ އެ ޓްވީޓްގައި ބުނެފައިވަނީ ތަފާސް ހިސާބު ދެން ހާމަކުރާނީ މާދަމާ ކަމަށެވެ. އެޗްޕީއޭއިން ތަފާސް ހިސާބު އިއްޔެ އާއްމު ކޮށްފައި ވެ އެވެ.
އެ ތަފާސްހިސާބަށް ބަލާލާއިރު މި އަހަރުގެ މިހާތަނަށް ޖުމްލަ 176 މީހަކަށް އެޗް1އެން1 ޖެހިފައި ވެ އެވެ. 23 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ބުނެފައި ވެ އެވެ. އަދި 13 މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމުގައިވެސް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް