ރާއްޖޭގައި ހުމާއި ރޯގާއާއެކު އެޗް1އެން1 ފެތުރޭތީ ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމަށްފަހު އަންނަ އާދީއްތަ ދުވަހުން ފެށިގެން ކިޔެވުން ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމާއެކު އާއްމުންގެ އެންމެ ގިނަ ސުވާލުތައް އަމާޒުވެގެން ދިޔަޔީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރ، ޑރ އަބްދުﷲ ނިޔާފް އަށެވެ.
ޓްވިޓާގައި އުޅޭ ފަރާތްތަކުން އިއްޔެ އެތައް ސުވާލެއް ޑރ ނިޔާފަށް ބަންޑުން ކޮށްލި އެވެ. ސްކޫލަށް ދަރިވަރުން ފޮނުވުން ރައްކާތެރިތޯ އެއްބަޔަކު ސުވާލު ކޮށްފައިވާއިރު އަނެއް ބަޔަކު ސުވާލު ކުރަނީ އެޗް1އެން1 ފެތުރުން ހުއްޓުނީތޯ؟ އެވެ.
ސޯޝަލް މީޑިއާގައި އަދި ލޯކަލް މީޑިއާގައިވެސް ޑރ. ނިޔާފް އަކީ ސުވާލުތަކަށް އާއްމުކޮށް ޖަވާބު ދެއްވަމުން އަންނަ ފަރާތެއް ކަމުގައިވާއިރު އިއްޔެ އާއްމުން ފުނިކޮށްލި ސުވާލުތަކަށް ޑރ ނިޔާފް އެއްވެސް ޖަވާބެއް ދެއްވާފަ އެއްނުވެ އެވެ.
ބަދަލުގައި މިއަދު ޑރ. ނިޔާފް ވަނީ ޓްވިޓާގައި ލަވައެއް ޝެއާ ކުރައްވާފަ އެވެ. އެއީ ޖޯލް އެޑަމްސްގެ "ޕްލީސް ޑޯންޓް ގޯ" މި ލަވަ އެވެ. މި ލަވަ ޝެއާ ކޮށްލުމާއެކު ޓްވިޓާގައި ޑރ. ނިޔާފް އާއި ސުވާލު ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ ނިޔާފް ދެއްވި މެސެޖު ސާފު ވެއްޖެ ކަމަށެވެ. އެކަކު ބުނެފައިވަނީ ކަން ކުރަންވީގޮތް މިހާރު ސާފުވެފައި ވާކަމަށެވެ. މިފަދަ އެތައް ރިޕްލައިއެއް ނިޔާފްގެ އެ ޕޯސްޓަށް ކޮށްފައި ވެ އެވެ.
https://twitter.com/niyaf/status/845124722270486528
މި ލަވަ ޝެއާރ ކުރުމުން މީހުން ކޮށްފައިވާ ކޮމެންޓް ތަކަށްވެސް ޑރ.ނިޔާފް ރައްދު ދެއްވާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް