މިސްރު ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ ސްކޮލަޝިޕްގެ 12 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު، ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
އެ ޑިޕާޓްމެންޓުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސައިންޓިފިކް ސްޓަޑީސް އާއި ޤުރުއާން އެންޑް އަރަބިކް ލޭންގުއޭޖްގެ ބެޗެލާރސް ޑިގްރީގެ ޖުމްލަ އެކު 12 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި އިއުލާނު ގެޒެޓްކޮށްފައިވާއިރު އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 އޭޕްރީލް ވާ ހޯމަ ދުވަހުގެ މެންދުރު 1:30 ކުރިން ކަމަށް ބުނެފައި ވެ އެވެ. އަދި އެޕްލިކޭޝަންތައް ހުށަހަޅުއްވާނީ ވެލާނާގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރަށް ކަމުގައިވެސް އެ އިއުލާނުގައި ވެ އެވެ.
ގެޒެޓް ލިންކް : http://www.gazette.gov.mv/iulaan/view/61025
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް