ޓެކްސީ ހުއްދަ ދޫކުރުމުގެ ފުރުސަތު ޓްރާންސްޕޯޓް އޮތޯރިޓީން އަލުން ހުޅުވާލައިފި އެވެ.
މިކަމާއި ގުޅިގެން އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ އިޢްލާނާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޓެކްސީ ހުއްދައަށް އެދި ހުށަހަޅަމުންދާތީ އެކަމަށްއެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ޓެކްސީ ހުއްދަ ދޫކުރާ ގޮތަށް އިތުރަށް ފުރުޞަތު ހުޅުވާލިވާހަކަ ދަންނަވާ ކަމަށެވެ.
ފުރުސަތު އަލުން ހުޅުވާލާފައިވާއިރު 19 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުތަކުގެ އަދަދު މަދުވުމާއި ގުޅިގެން އެ ޚިދުމަތް ބޭނުންވާ ޢާއްމު ފަރާތްތަކަށް އެކަށީގެންވާގޮތަށް ޓެކްސީގެ ޚިދުމަތް ލިބެމުން ނުދާތީ އެކަން ހައްލު ކުރުމުގެ ގޮތުން ޝަރުޠު ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަދޭގޮތަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް