ސްޓެޕް އެޕްރެންޓިސް ޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދަން އިއުލާނު ކޮށްފި

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް  އަދި  މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ޓޫރިޒަމް ދާއިރާއިން ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގޭ ސްޓ...

24 Mar 2017 | 02:59

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް  އަދި  މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ޓޫރިޒަމް ދާއިރާއިން ކުރިއަށްގެންދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގޭ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2017 އަށް ބައިވެރިން ހޯދަން ޔޫތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އެ އިއުލާނުގައިވާގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސަރުތަކީ ގްރޭޑް 7 ފުރިހަމަކޮށްފައިވުމާއިއެކު އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުމެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމުގައިވެސް އެ އިއުލާނުގައި ވެ އެވެ.

" މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް 14 މާރޗް 2017 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި  މިނިސްޓްރީ އޮފް އެޑިއުކޭޝަންގެކައުންޓަރާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާފަންނު ޔޫތު ސެންޓަރު، އަތޮޅު ކައުންސިލް އިދާރާތައް،ރަށު ކައުންސިލްގެ އިދާރާތައް އަދި ޒުވާނުންގެ މަރުކަޒުތަކުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ. އަދި ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފޭސްބުކް ޕޭޖް އިންވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. " އެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން30  އޭޕްރިލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ފޯމް އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ)ކޮޕީއާއިއެކު އައިޑީ ކާޑް ކޮޕީ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (މާފަންނު ޔޫތު ސެންޓަރު) އަށް ހުށަހެޅުއްވުން އެދޭ ކަމަށެވެ. އަދި ރަށްރަށުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް ލިޔެކިޔުންތައް މެއިލް ކޮށްދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް