ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިން ގެ ފިލްމަކަށް އެންމެ އަވަހަކަށް ބެލުންތެރިންނަށް ފެނިގެންދާނެ ފިލްމަކީ ސޮނާކްޝީ ޖަރނަލިސްޓެއްގެ ރޯލު ކުޅޭ ފިލްމުކަމަށްވާ " ނޫރު " އެވެ. ފިލްމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އިވެންޓެއްގެ ތެރޭގައި ސޮނާކްޝީ ބުނެފައިވަނީ އޭނާ ޖަރނަލިސްޓަކަށް ވީ ނަމަ އޭނަ ސަލްމާން ގާތު އަހާނީ އެހެން ޖަރނަލިސްޓުންވެސް ސަލްމާން ގާތު އަހާ އެންމެ އާންމު ސުވާލުކަމަށްވާ ސަލްމާން ޚާން ކައިވެނި ކުރާނީ ކޮންދުވަހަކުންތޯކަމަށެވެ. އަދި އޭނާގެ ބައްޕަ ގާތު އަހާނީ އޭނާގެ އަނގަ ބަންދުނުވާވަރުގެ ސުވާލެއްކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.
ސޮނާކްޝީ ބުނީ އޭނާއަކީ ނޫސްވެރިޔަކަށްވީނަމަ އާޓިސްޓުން ގާތު އެމީހުން އޮފް ސްކްރީންގައި ކުރާ މަސައްކަތްތައް އޮޅުން ފިލުވާނެކަމުގައެވެ. ފިލްމު ފިލްމަކަށް ހެދުމަށް ކުރާ މަސައްކަތް އެއްވެސް ވަރަކަށް ނޭންގޭކަމަށާއި އެކަންކަން އަންގައިދިނުމަކީ އޭނާ ބޭނުންވާކަމެއްކަމުގައި ސޮނާކްޝީ ވަނީ ބުނެފައެވެ. މީގެއިތުރުން ސޮނާކްޝީ ބުނެފައިވަނީ ނޫސްވެރިޔެއްގެ ރޯލު ކުޅެން ލިބުމުން އެކަމާ ވަރަށް އުފާވާކަމަށާއި އެއީ ރަނގަޅު ތަޖުރިބާއެއްކަމުގައެވެ. ކެމެރާގެ ފުރަގަހުގައި ކަންކަންވާގޮތް ބަލާލުމުގެ ތަޖުރިބާ މިފިލްމުން އޭނާއަށް ލިބިގެން ހިގައްޖެކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.
"ނޫރު" މިފިލްމަކީ ޕާކިސްތާނުގެ ޅެންވެރިޔެއްކަމަށްވާ ސަބާ އިމްތިޔާޒު ލިޔެފައިވާ ޅެމެއްކަމަށްވާ " ކަރާޗީ، ޔޫ އާ ކިލިންގ މީ " އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް