އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުއްޖަކު މަރާލައިފި

އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އުމުރުން 16 އަހަރުގެ ކުއްޖަކު މަރާލައިފި އެވެ. މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން މަރާލި ފަލަސްތީނުގެ ދެވަނަ މީހާ އެވެ. ފަލަސްތީނުގެ...

23 Mar 2017 | 21:19

އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އުމުރުން 16 އަހަރުގެ ކުއްޖަކު މަރާލައިފި އެވެ. މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން މަރާލި ފަލަސްތީނުގެ ދެވަނަ މީހާ އެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މި ހަމަލާ ދީފައިވަނީ ވެސްޓްބޭންކް ކައިރިން ޖެލަޒޯން ފަލަސްތީން ރެފިއުޖީ ކޭމްޕް ސަރަހައްދުގަ އެވެ. އިތުރު ތިން މީހަކު ޒަހަމްވެފައިވާކަމުގައިވެސް ފަލަސްތީނުގެ ހެލްތު އޮފިޝަލުން ބުނެފައި ވެ އެވެ.

މި ހަމަލާއާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ ހަމަލާދޭން މަޖުބޫރުވީ އިޒްރޭލުގެ ފައުޖުތަކާއި ދިމާއަށް ޕެޓްރޯލް ބޮން އުކަން ފެށުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް