ޓޮއިލެޓް ޕޭޕަރު ވަގަށް ނަގާތީ ޗައިނާގެ ފާހާނައެއްގައި ފޭސްރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި

ޗައިނާގެ ޕާކެއްގައި ގާއިމްކޮށްފައިވާ ފާހާނާ ބަރިއަކުން ޓޮއިލެޓް ޕޭޕަރު ވަގަށް ނަގާ މައްސަލައަށް ހައްލެއް ގެނައުމަށް ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި އެވެ. ޗައިނާގެ ބައެއް ނޫސްތަކާ ހަ...

23 Mar 2017 | 21:07

ޗައިނާގެ ޕާކެއްގައި ގާއިމްކޮށްފައިވާ ފާހާނާ ބަރިއަކުން ޓޮއިލެޓް ޕޭޕަރު ވަގަށް ނަގާ މައްސަލައަށް ހައްލެއް ގެނައުމަށް ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި އެވެ.

ޗައިނާގެ ބައެއް ނޫސްތަކާ ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައިވާގޮތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގ ގެ ޕާކެއްގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށީ އެ ޕާކުގެ ފާހާނާ ބަރިން ޓޮއިލެޓް ޕޭޕަރު ވަގަށް ނެގުން އިންތިހާއަށް އިތުރުވެގެން ދިއުމުންނެވެ.

"މިހާރު ފާހާނައަށް ވަނުމުން ރޮބޮޓިކް ގްރީޓިން އެއް ލިބޭނެ، އަދި ފޭސް ރެކޮގްނިޝަން ސިސްޓަމްގެ ކުރިމަތީގައި ހުއްޓުމަށް އެދޭނެ، ކޮންމެ މީހަކަށް އެ މެޝިނުން ދޫކުރާނީ 60 ސެންޓި މީޓަރުގެ ޓޮއިލެޓް ޕޭޕަރު" ޗައިނާގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެ އެވެ.

އެ އޮފިޝަލް އިތުރަށް ބުނެފައިވަނީ މީހަކު އެއް ފަހަރު ފާހާނާ ބޭނުން ކުރުމަށްފަހު ދެން ބޭނުން ކުރެވޭނީ 9 މިނެޓް ފަހުން ކަމަށެވެ. އޭގެ ކުރިން ފާހާނައަށް ވަދެ ފާހާނާ ބޭނުން ކުރި ނަމަވެސް އެ ސިސްޓަމުން ޓޮއިލެޓް ޕޭޕަރު ނުލިބޭނެ ކަމަށްވެސް އެ އޮފިޝަލް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް