މިރޭ ތިން ސަރަހައްދެއްގައި ތިން ބިދޭސީއަކު ޒަހަމްވި : ޕޮލިސް

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މާރުކޭޓްކައިރިންނާއި ވެސްޓްޕާކް ކައިރިން ދެ ބިދޭސީއަކު ޒަހަމްވެފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު ތިން ސަރަހައްދަކުން ތިން ބިދޭސީއަކު ޒަހަމްވި ކަމަށް ...

24 Mar 2015 | 17:05

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މާރުކޭޓްކައިރިންނާއި ވެސްޓްޕާކް ކައިރިން ދެ ބިދޭސީއަކު ޒަހަމްވެފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު ތިން ސަރަހައްދަކުން ތިން ބިދޭސީއަކު ޒަހަމްވި ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބިދޭސީއަކަށް މާރުކޭޓް ކައިރިން ހަމަލާ ދީފައިވާއިރު އަނެއް ބިދޭސީ މީހާއަށް ހަމަލާ ދީފައިވަނީ ވެސްޓްޕާކް ކައިރިން ކަމަށެވެ. އަދި ތިންވަނަ ބިދޭސީ މީހާ ޒަހަމްވީ ޓެޕްކޮން ހާޑްވެއާ ކައިރީގައި ހިނގި މާރާމާރީއެއްގައި ކަމަށް އޮފިޝަލް ވިދާޅުވެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ތިން ބިދޭސީންގެ ތެރެއިން ދެ ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު އަނެއް ބިދޭސީ މީހާއަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ.

ތިން ބިދޭސީންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ދެ ބިދޭސީންނަށް މާ ބޮޑު ޒަހަމްތަކެއް ލިބިފައެއް ނުވެ އެވެ. އޭޑީކޭއަށް ގެންދިޔަ ބިދޭސީއަށް ލިބުނު ޒަހަމްގެ ތަފްސީލް އަދި ލިބފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް