ބޮޑު ޕެންޑްރައިވުން ފެނުނު ކުޑަ ކުށް!

ކާނަލް ރިޓަޔަޑް ނާޒިމް ހައްޔަރުކުރުމާއި ނާޒިމްގެ ގެއިން ފިސްތޯލަ ފެނުމާއި ތިން އުންޑަ ފެނުމާއި މިކަންކަމަށްވުރެ މަގްބޫލު ވެފައި މިވަނީ ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވެއްގެ ވާހަކަ އެވެ. އެތަކެއް ސުވ...

24 Mar 2015 | 16:51

ކާނަލް ރިޓަޔަޑް ނާޒިމް ހައްޔަރުކުރުމާއި ނާޒިމްގެ ގެއިން ފިސްތޯލަ ފެނުމާއި ތިން އުންޑަ ފެނުމާއި މިކަންކަމަށްވުރެ މަގްބޫލު ވެފައި މިވަނީ ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވެއްގެ ވާހަކަ އެވެ.

އެތަކެއް ސުވާލުތަކެއް އުފައްދަމުން އެތަކެއް ސުވާލުތަކަށް އެކި ފަހަރު ޖަވާބުދެމުން އައިސް އެންމެފަހުން މިވަނީ އެ ޕެންޑްރައިވްގައި ހިމެނޭ ކަމަށް ބެލެވޭ ޑޮކިއުމެންޓެއްވެސް ލީކްވެފަ އެވެ. އޮންލައިން ނޫސް "ވަގުތު"ން ތުހުމަތު ކުރަނީ އެ ޑޮކިއުމެންޓްސް ލީކުވީ ކާނަލް ނާޒިމްގެ ވަކީލުންގެ ފަރާތުން ކަމަށެވެ. އެހެން ނަމަވެސް ނާޒިމްގެ ވަކީލުން މިއަދު ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ނަމަވެސް ލީކުވެގެން އެއުޅޭ ޑޮކިއުމެންޓްސްތަކަކީ ސައްހަ ނޫން އެއްޗެއް ކަމަށް އެ ވަކީލުންވެސް ވިދާޅެއް ނުވެ އެވެ. މިއަދު ފަލަ ސުރުހީގައި އުޅެނީ އެ ޕެންޑްރައިވްގެ ވާހަކައެވެ.

އެހެން ނަމަވެސް މިހާރު ސޯޝަލް މީޑިއާތަކުގައި އެ ޑޮކިއުމަންޓްގެ އަސްލާމެދު ސުވާލު އުފައްދަން ފަށައިފި އެވެ. ފޭކް ކަމަށް މިވަނީ މިހާރުގެ އޮޑިޓަރު ޖެނެރަލް ޒިޔަތުގެ ފޮޓޯ ޑޮކިއުމެންޓުން ފެނުމާއި ޑޮކިއުމެންޓްތަކުގައި ޖަހާފައިވާ ތާރީހާ ފުށޫއެރުމުންނެވެ.

ޕެންޑްރައިވުން ލީކުވެފައިވާކަމަށްބުނެ ދައުރުވަމުން އަންނަ ޑޮކިއުމެންޓްގައި ޖަހާފައިވާ ތާރީހަކީ 24 އޯގަސްޓް 2014 އެވެ. އެހެންނަމަވެސް ކުރީގެ އޮޑިޓަ ޖެނެރަލްގެ މަގާމު ގެއްލުމާއި ޒިޔަތު އޮޑިޓަ ޖެނެރަލް ކަމަށް އައްޔަންކުރުން ހިނގާފައިވަނީ ނޮވެމްބަރު 2014 ގައެވެ.

ކޮންމެއަކަސް ބޮޑު ޕެންޑްރައިވުން ލީކުވި ކުޑަ ކުށެއް ފަތުއަޑު ކިޔާފައި ސޯޝަލް މީޑިއާގައި އަންނަނީ ފެތުރެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް