ތޫނު އެއްޗަކުން ހަމަލާދީ މާލޭގެ ދެ ސަރަހައްދެއްގައި ދެ ބިދޭސީއަކު ޒަހަމްކޮށްލައިފި

މާލޭގެ ދެ ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ބިދޭސީއަކަށް ހަމަލާދީފައިވަނީ މިރޭ 7:3...

24 Mar 2015 | 15:30

މާލޭގެ ދެ ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ބިދޭސީއަކަށް ހަމަލާދީފައިވަނީ މިރޭ 7:30 ހާއިރު ލޯކަލް މާރުކޭޓް ސަރަހައްދުން ކަމަށެވެ. އަދި އަނެއް ބިދޭސީއަށް ހަމަލާ ދީފައިވަނީ އޭގެ ފަސް މިނެޓް ފަހުން ވެސްޓްޕާކް ކައިރިން ކަމަށެވެ.

"ސައިކަލެއްގަ ދިޔަ ދެމީހަކު ކުރި ކަމެއް ކަމަށް ބެލެވޭ، ދެމީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި، ދެމީހުންގެ ހާލުވެސް ރަނގަޅު" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ ތެރޭގައި ޖަމާވެފައިތިބި ބައެއް ބިދޭސީންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު ޒަހަމްވެފައިވަނީ އިންޑިއާ ރައްޔިތަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭގެ ތެރެއިން އިންޑިއާ މީހާގެ ބުރަކަށީގައި ތިން ސެންޓިމީޓަރުގެ ޒަހަމެއް ހުރި އިރު ބަންގްލަދޭޝްމީހާ ޒަހަމްވެފައިވަނީ ވަރަށް ކުޑަކޮށެވެ. އެހެން ނަަމަވެސް މި ދެމީހުންވެސް އެއް ދުވަހަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް