ކުއްތާތަކަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް ބަހުގެ އެކަޑަމީގައި އެދިއްޖެ

މަސްތުވާތަކެތީގެ މައްސަލަތައް މަދުކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ރާއްޖޭގައި އަލަށް އެކުލަވާ ލުމަށް ހަމަޖެހިފައިވާ ފާރަ ގެމައިގާ ބޭނުންކުރާ ފާރަ ތަކަށް ކިޔާނެ ދިވެހި ނަންނަން ހޯ...

24 Mar 2015 | 09:58

މަސްތުވާތަކެތީގެ މައްސަލަތައް މަދުކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ރާއްޖޭގައި އަލަށް އެކުލަވާ ލުމަށް ހަމަޖެހިފައިވާ ފާރަ ގެމައިގާ ބޭނުންކުރާ ފާރަ ތަކަށް ކިޔާނެ ދިވެހި ނަންނަން ހޯދަން ދިވެހިބަހުގެ އެކަޑަމީގައި ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ ފާރަ ގެމަ އަށް ފުރަތަމަ ގެންނަ 16 ފާރަ އަށް ވަކިވަކިން ދޭނެ ދިވެހި ނަން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދިވެހިބަހުގެ އެކަޑަމީގައި ލިޔުމުން އެދިފައިވާކަމަށެވެ.

އަދި ފާރަ ގެމައަށް ފުރަތަމަ ގެންނަ ފާރަގެ ތެރޭގައި  ހިމެނޭ އަންހެން 4  ފާރަ އާއި ފިރިހެން 12 ފާރަ އަށް ނަން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދިވެހި ބަހުގެ އެކެޑަމީގައި އެދިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް