ކުޑަ އަންހެންކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި

ކުޑަ  އަންހެން ކުއްޖަކާ ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ޏ.ފުވައް މުލަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ...

24 Mar 2015 | 09:52

ކުޑަ  އަންހެން ކުއްޖަކާ ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ޏ.ފުވައް މުލަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 23 މާޗް ދުވަހުގެ ފަތިހު 06:15 ހާއިރު ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެ އަންހެން ކުއްޖާގެ ގޭގައި ހުއްޓާ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މަޢޫލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް