އެލިޔާ ސްޓޯރުގެ ތިޖޫރިވަގަށްނެގި މައްސަލައިގާ ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރު ކޮށްފި

އެލިޔާ ސްޓޯރު -3 ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 18 ...

24 Mar 2015 | 09:00

އެލިޔާ ސްޓޯރު -3 ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 18 އަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 18 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 143 ފަހަރު ހުއްޓުވާ ސުވާލުކޮށް 23 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 09 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ  މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެއް ކަމަށް ފުލުހުން ބުނެ އެވެ.

އަދި ވައްކަމުގެ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 155 ފަހަރު ހުއްޓުވާ ސުވާލުކޮށް 10 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 07 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި އަދި އޭނާ އަކީ  މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެލިޔާ ސްޓޯރު 3 ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ މި މާރޗް މަހުގެ 03 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެލިޔާ ސްޓޯރު 3 ގެ ތިޖޫރީ ވަގަށް ނެގި އިރު އެތިޖޫރީގައި އެއްވެސް ފައިސާއެއް ރައްކާކޮށްފައި ނުވާކަމަށާއި އަދި އެ ތަނަށް ވަދެ ފައި ވަނީ އެތަނުގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް