ދިހަ ކަތިވަޅިއާއެކު ހައްޔަރު ކުރި ދެ ޒުވާނުންގެ ބަންދަށް  ފަސް ދުވަސް

ގޯންޏެއްގައި ރައްކާ ކޮށްފައިވާ 10 ކަތިވަޅިއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންގެ ތެރެއިން ދެ ޒުވާނުން ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ...

24 Mar 2015 | 07:57

ގޯންޏެއްގައި ރައްކާ ކޮށްފައިވާ 10 ކަތިވަޅިއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންގެ ތެރެއިން ދެ ޒުވާނުން ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ދީފިއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރުގެ ދެ ޒުވާނުންނާއި 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންގެ ތެރެއިން 15 އަހަރުގެ ކުޑަކުއްޖާގެ ބަޔާން ނެގުމަށްފަހު އެ ކުއްޖާގެ އާއިލާއާ ވަނީ ހަވާލު ކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބުރުޒުމަގު ހެންވޭރުކޮޅު ސަރަޙައްދުގައި އެ މީހުން ހަރަކާތްތެރި ވަމުންދިޔައިރު އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ ސްޕެޝަލިސްޓް އޮޕަރޭޝަންސް ގައި މަސައްކަތް ކުރާ ފުލުހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ބެހޭގޮތުން ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 10 ކަތިވަޅި ފެނިފައި ވަނީ އެ 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހުން ތިބި ސަރަޙައްދުން ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ ދެ މީހުންނަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން އެކިފަހަރުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާ ދެ މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް