އޯޝަން ޓްރެވެލްސްގެ ތިޖޫރި ފަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން 40000 ޑޮލަރު ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާއ...

24 Mar 2015 | 07:38

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން 40000 ޑޮލަރު ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިއްޔެ ހެނދުނު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 85 ފަހަރު ހުއްޓުވާ ސުވާލުކޮށް 41 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 15 ފަހަރު ހައްޔަރު ކޮށް އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި މީގެ އިތުރުން އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 03 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީއިން ގިނައަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ މި މާރޗް މަހުގެ 19 ވަނަ ދުވަހުގެ ރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް