ކޯޓުގައި ހުންނަ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދުލަށް ހުކުމް ކުރުމަކީ ވާޖިބު ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގެ އިތުރުން ޝަރުއީ މަރުހަލާތަކާ ގުޅޭ އިތުރު ޓްވީޓްތަކެއްވެސް މިއަދު މިނިސްޓަރު ކުރައްވާފައިވެ އެވެ.
https://twitter.com/Mohamedshaheem1/status/580256550759043072
އެގޮތުން ކުރައްވާފައިވާ ބައެއް ޓްވީޓްތަކަށް ބަލާއިރު ރައީސް ނަޝީދަށްވެސް އަދި ކާނަލް ރިޓަޔަށް ނާޒިމަށްވެސް ކޯޓުގެ ތެރެއިން އިންސާފު ލިބެންވާނީ އެހެންބައެއްގެ ނުފޫޒެއްނެތި ހައްގު ގޮތުގައި އަދުލުވެރި ގޮތުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ޖުޑީޝަރީން އަދުލަށް ހުކުމް ކުރުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށާއި އިންސާފުވެރި ކޮންމެ ހުކުމަކަށް ނަފްސު ނުރުހުނަސް ބޯލަނބައި ކިޔަމަންވާން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައި ވެ އެވެ.
https://twitter.com/Mohamedshaheem1/status/580257934971539456
މީގެ އިތުރުން ކޯޓުތަކަކީ ގާނޫނުގަ ވާގޮތުގެ މަތިން މުސްތަގިއްލު ތަންތަންކަމުގައި ވާންޖެހޭނެ ކަމަށް އަދި އެއްވެސް ފަރާތަކުން އެތަންތަނަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެއްވެސް މީހަކާމެދު އަދުވެރި ނޫން ގޮތައް އެއްވެސް ކަމެއް ކުރުމަކީ މާތް ﷲ ކަނޑައެޅިގެން ހަރާމް ކުރައްވާފއިވާ ކަމެއް ކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވެފައި ވެ އެވެ.
https://twitter.com/Mohamedshaheem1/status/580259196299423744
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް