އެމްޑީޕީއާ ގުޅޭނެ ކަމަށް އެކުވެރިންނަށް ހީވަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އުމަރު އިތުރަށް ވިދާޅުވެފައިވަނީ 2008 ގައިވެސް އެންމެން އެމްޑީޕީއާ ގުޅުނު އިރުވެސް އެ ޕާޓީއާ ނުގުޅި ހުންނެވި ކަމަށާއި އާހިރު ނަތީޖާގައި ރަނގަޅުކަމަށް ދެއްކީ މިނިސްޓަރުގެ ނިންމުން ކަމަށެވެ.
https://twitter.com/UmarNaseerPPM/status/580201263482085376
އުމަރު މިހެން ވިދާޅުވެފައިވާއި ރާއްޖޭގެ މިހާރު މިއޮތް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އުމަރު އެމްޑީޕީއާއި އަދާލަތުން އުފައްދާފައިވާ ކޯލީޝަނާ ކޮންމެވެސް ހިސާބަކުން ގުޅިވަޑައިގަންނަވާނެ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް މިނިސްޓަރު ކުރައްވާ ޓްވީޓްތަކަކީ އެ ފަރާތަތްކުގެ ވިސްނުމާ ދިމާ އިދިކޮޅު ޓްވީޓްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް