ބޭސް ކޮންޓްރޯލު ކުރުމުގެ ފުރުޞަތު މެޑިކަލް މާފިއާއަށް ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދ އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އެ އަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު އެ ފަރާތްތަކުން ދިޔައީ 1000 ޕަސެންޓާއި 2000 ޕަސެންޓުގެ މަންފާ ލާފައި ބޭސް ވިއްކަމުން ކަމަށެވެ. ބޭހަށް ދަތިކުރީ އެކަން ސަރުކާރުން ހުއްޓުވުމުން ކަމުގައި ވިދާޅުވިއެވެ.
ޙައްލެއްގެ ގޮތުގައި ރައީސް ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެޕްރޫވް ލިސްޓުގެ ހުރިހާ ބޭހެއް އެސްޓީއޯއިން އެތެރެކުރާނެ ކަމަށާއި އެގޮތުން އަސާސީ ހުރިހާ ބޭހެއް މާރިޗް މަހުގެ 15އިން ފެށިގެން އަދި ހުރިހާ ބޭހެއް އޭޕްރީލް މަހުގެ 15އިން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް