ކުރިއަށްދާ މި ހަފުތާ ނިމުމުގެ ކުރިއަށް ފްލެޓް ލިސްޓު ނެރުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޯދައިގެ ކުރިއަށް އެ ލިސްޓު ނެރުއްވާނެކަމުގެ ޔަޤީންކަން ރައީސް ތަކުރާރު ކުރެއްވީ މިރޭ ދ. މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެކަން ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް، އެކަން އޮތީ ހަމަޖެހިފަ، ލަހެއް ނުކުރާނަން، ކުރާނަން" މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ޢާންމުކުރައްވާނެކަން ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ފްލެޓް ލިސްޓަކީ ކުރީ ސަރުކާރުން އެންމެ ފުރަތަމަ އެކުލަވައިލި ލިސްޓެކެވެ. ނަމަވެސް އެ ލިސްޓު އެކުލަވައިލުމުގައި ނަހަމައިން ކަންތައްތަކެއް ހިނގާފައިވާކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ ލިސްޓު ހުއްޓުވައި އަލުން ލިސްޓު އެކުލަވާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާއި ހަވާލުކޮށްފައެވެ.
މި ސަރުކާރަށް އަހަރަކަކާއި ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ލިސްޓު ނެރޭނެ ތާރީޙުތައް މީގެ ކުރިން އެތައް ފަހަރަކު ދިން ނަމަވެސް އަދި އެތީ އެކަން އެމަގުން ނުހިނގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް