ސުޕްރީމް ކޯޓުގެ ބެންޗުގެ ސައިޒު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިޞްލާޙެއް ހުށަހަޅައިފިއެވެ.
ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.
އިޞްލާހު ހުށަހަޅާފައިވަނީ އެ ޤާނޫނުގެ 05 ވަނަ މާއްދާއަށެވެ.
އެ ޤާނޫނުގެ 05 ވަނަ މާއްދާ މިހާރު އޮތް ގޮތް:-
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް ޢައްޔަންކުރެވޭ އިތުރު 6 ފަނޑިޔާރުންނާއެކު، ޖުމްލަ 7 ފަނޑިޔާރުންގެ މައްޗަށެވެ.
އެ ޤާނޫނުގެ 05 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙު:-
- (ހ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއެކ އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ ޢަދަދު ވާންވާނީ އޮނަހިރި ޢަދަދަކަށެވެ.
މި އިޞްލާޙު ހުށަހަޅުއްވަމުން ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި މެންބަރު ވިދާޅުވެފައިވަނީ އަމިއްލަ ގޮތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު، ކުރީގެ ޚާއްޞަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ބަޔާންކުރެވިފައިވާ ފަދައިން ޤާނޫނު އަސާސީއަކީ ވަރަށް ފޮނި އުންމީދުތަކާއި އެކު ދިވެހިން ލިބިގަތް ޤާނޫނު އަސާސީއަކަށް ވާއިރު، ޤާނޫނު އަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ އެ ބަދަލު އެންމެ އެކަށޭނެ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭވެސް އެއްގޮތަށް ބުނެވިދިޔަ، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ރަނގަޅުކަމަށް ދެކޭތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް