އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ބާސެލޯނާއާއި އެނބުރި ގުޅޭނެ ކަމ،ުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.
މަޝްޙޫރު އޮންލައިން ކުޅިވަރު ނޫހެއް ކަމުގައިވާ ނައިންޓީމިނެޓް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ ގެނައުމަށް ބާސާގެ ރައީސް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން މެސީގެ އޭޖެންޓް އަދި މެސީގެ ބައްޕަ ކަމުގައިވާ ޖޯގް މެސީއާއި އެކުވެސް ލަޕޯޓާ ވަނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން މެސީ ޕީއެސްޖީގެ އެއްބަސްވުން ހަމަ ވުމުން ދެން މެސީ ދާނެ ކުލަބަކާއި މެދު މަޝްރާތައް ކުރި ކަމަށާއި އަދި މެސީގެ މުޝަތަޤުބަލާއި މެދު ގިނަ މަޝްވަރާތައް ކުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ސީޒަންގެ ނިޔަލަށް ޕީއެސްޖީއާއި އެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، މެސީ އޭނާގެ މިހާރުގެ ކުލަބު ޕީއެސްޖީއާއި އެކު އިތުރު އެއްބަސްވުމެއް ހަދާފާނެތޯ ނުވަތަ ނޫންތޯ ވަނީ ސުވާލު އުފެދިފައެވެ. ފްރާންސްގެ ބައެއް މީޑިއާތަކުން މީގެ ކުރިން ޚަބަރު ފަތުރާފައިވާ ގޮތުގައި މެސީ ވަނީ ޕީއެސްޖީއާއި އެކު އިތުރު އެއްބަސްވުމެއް ހަދަން ދެކޮޅު ހަދާފައެވެ. އަދި މިސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލަން މެސީ ވިސްނާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ރަސްމީކޮށް މެސީ ހޯދުމަށް އެންމެ ބޮޑަށް ފާޅުގައި މަސައްކަތް ކުރާ ކުލަބަކީ މެސީގެ ކުރީގެ ކުލަބް ބާސާއެވެ. ބާސާއިން ވަނީ މެސީ ބެނުންވާކަން ހާމަވެސް ކޮށްފައެވެ.
މެސީއާއި ގުޅޭގޮތުން ބާސާގެ ރައީން ބުނެފައިވަނީ ބާސާ އަކީ މެސީގެ ހޯމް ކަމަށާއި މެސީއާއި ބާސާއާއި ދެމެދު އޮންނަނީ ވަރަށް ގާތްގުޅުމެއް ކަމަށެވެ. އެހެން ކަމުން މިސީޒަނުގެ ނިޔަލަށް މެސީ ޕީއެސްޖީ ދޫކޮށްލާނަމަ އޭނާ އައުން އެންމެ ގާތީ ބާސާއަށް ކަމަށް ބެލެވޭ ކަމަށް ލަޕޯޓާ ވަނީ ބުނެފައެވެ.
ލަޕޯޓާ އިތުރަށް ބުނީ މެސީ އެނބުރި ބާސާއަށް އަންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ނަމަވެސް އެއީ ކޮން އިރަކު ކަމެއް ބުނަން އޭނާއަށް ނޭންގޭ ކަމަށެވެ. ލަޕޯޓާ އިތުރަށް ބުނީ މެސީގެ މުސްތަޤުބަލާއި މެދު ގޮތެއް ނިންމާނީ ޚުދު މެސީ ކަމަށާއި އޭނާ ޕީއެސްޖީ ދޫކޮށް ދާނެ ކުލަބެއް ނިންމާނީ މެސީ އަމިއްލަ އަށް ކަމަށެވެ.
މި ސީޒަނުގެ ނިޔަލަށް މެސީ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، މެސީ ހޯދުމަށް އެމެރިކާގެ ބައެއް ކުލަބުތަކާއި ސައުދީ ޕްރޮ ލީގުގެ ބައެއް ކުލަބުތަކުގެ އިތުރުން އިނގިރޭސި ބައެއް ކުލަބުތަކުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް