ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލީޝަން ހެދުމަށް އެމްޑީއޭއިން މިއަދު ނިންމި ނިންމުމަށް ރައީސް ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވާފައިވާ ރައީސް ސޯލިހް މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް މަރުހަބާ އަދި ޝުކުރު ދަންނަވާކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްޤީއާއި ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށް" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
އެމްޑީޕީއާއެކު ކޯލީޝަން ހެދުމަށް އެމްޑީއޭއިން ނިންމައި އެކަން އެ ޕާޓީން އިއުލާނުކުރީ މިއަދުގެ އިރު އޮއްސުނުހާއިރުގައެވެ.
އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލީޝަން ހަދަން ނިންމާފައިވާއިރު އަދާލަތު ޕާޓީންވެސް ވަނީ އެކަން އެމަގުން ކުރިއަށް ގެންދަން ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް