މާޒީ ހަނދާންވެ ގާސިމުގެ ލޮލުން ކަރުނަ ހިލިއްޖެ

ސިޔާސީ ދަތުރުގައި މާޒީ ހަނދާންވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ލޮލުން މިއަދު ކަރުނަ ހިލިއްޖެއެވެ. ގާސިމްގެ ލޮލުން ކަރުނަ ހިލުނީ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމ...

24 Feb 2023 | 16:14

ސިޔާސީ ދަތުރުގައި މާޒީ ހަނދާންވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ލޮލުން މިއަދު ކަރުނަ ހިލިއްޖެއެވެ.

ގާސިމްގެ ލޮލުން ކަރުނަ ހިލުނީ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެއްކެވި ވާހަކަފުޅުގެ ބޮޑުބައެއްގައި ދެއްކެވީ ސިޔާސީ ދަތުރުގައި ދިމާވި އަޑި ގުޑަންތަކުގެ ވާހަކައެވެ. ދިމާވި ގޮށްރާޅުތަކާއި ކޮޅިގަނޑުތަކުގެ ވާހަކަތަކެވެ.

މާޒީގެ ވާހަކަ ދައްކަމުން ލޮލުން ކަރުނަ ހިލުމުން ގާސިމް ވިދާޅުވީ މިއީ ކުޅޭ ފިލްމެއް ނޫން ކަމަށާއި ރޮވިދާނެ ކަމަށެވެ.

މާޒީ ހަނދާންކުރައްވަމުން ގާސިމް ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ޢައިރު ހާޒިރުގައި ހުކުމެއް ކުރުމުން ބޭސް ފަރުވާއަށް ބޭރަށް ފޮނުވާލެވި "ނޯ ކަންޓްރީ މޭން" އެއްގެ ގޮތުގައި ސިންގަޕޫރާއި ޖަރުމަނުގައި އުޅެން ޖެހުނު ކަމަށެވެ.

އެހެންނަމަވެސް ހިތްބުރަކަމެއް ނެތް ކަމަށާއި ސިޔާސީ ކަންކަމުގައި އެފަދަ ކަންކަމާ ދިމާވާނެކަން ގަބޫލުފުޅުކުރައްވާކަމަށެވެ.

މިހާރުގެ ސިޔާސީ މަސްރަހާއި ކުރިއަށްއޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިފަހުން އައި ކޮންމެ ސަރުކާރެއްގައިވެސް ޖޭޕީގެ ދައުރު އޮންނަ ކަމަށާއި ނަމަވެސް ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގައި ޖޭޕީއަށް ކްރެޑިޓް ނުދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް