އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލީޝަން ހަދަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށް އެ ޕާޓީއާކު ކޯލީޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފިއެވެ. އެ ޕާޓީން ބުނެފައިވަނީ މި ...

24 Feb 2023 | 14:42

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށް އެ ޕާޓީއާކު ކޯލީޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފިއެވެ.

އެ ޕާޓީން ބުނެފައިވަނީ މި ނިންމުން މިމަގުން ނިންމާފައިވަނީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހި ރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީ ގާއިމުކުރުމަށްޓަކައި އެ ޕާޓީގެ ކައުންސިލުން މިއަދު ބައްދަލުކުރުމަށްފަހުގައި ކަމަށެވެ.

"ނިންމާފައިވަނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށްޓަކައި އެމްޑީޕީއާއެކު ކޯލީޝަން ހެދުމަށް" އެމްޑީއޭއިން ބުނެފައިވެއެވެ.

އެމްޑީއޭއިން މިގޮތަށް ނިންމާފައިވާއިރު އެ ޕާޓީން ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނާއެކުގައިވެސް މަޝްވަރާކޮށްފައެވެ.

https://twitter.com/SecretariatMDA/status/1629108905040130050

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީއޭއިން ކޯލީޝަން ހަދަން ނިންމާފައިވާއިރު އަދާލަތު ޕާޓީންވެސް ވަނީ އެމްޑީޕީއާއެކު ކޯލީޝަން ހަދަން ނިންމާފައެވެ. މިއާއެކު ރައީސް ސޯލިހަށް ތާއީދުކުރާ ޕާޓީތަކުގެ އަދަދު މިވަނީ ދެއަކަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް