ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް ފެށިގެން ކުރިއަށް

ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޤައުމީ ކޮންފަރެންސް ދަރުބާރުގޭގައި ފެށިގެން ކުރިއަށް އެބަ ދެ އެވެ. މި ކޮންފަރެންސް ފަށާފައިވަނީ "ކޮންފަރެންސް ހުޅުވުމުގެ ރަސްމިއް...

24 Feb 2023 | 10:43

ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޤައުމީ ކޮންފަރެންސް ދަރުބާރުގޭގައި ފެށިގެން ކުރިއަށް އެބަ ދެ އެވެ.

މި ކޮންފަރެންސް ފަށާފައިވަނީ "ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު"ންނެވެ. މި ރަސްމިއްޔާތަށް ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފައިވެއެވެ. އަދި ޖޭޕީގެ ދައުވަތު ގަބޫލުކުރައްވައި ސިޔާސީ ލީޑަރުންކަމުގައިވާ ރައީސް ނަޝީދާއި، ޝައިޚް އިމްރާނާއި، ފާރިސް މައުމޫނު ފަދަ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ރައީސް މައުމޫން ބައިވެރިވެވަޑައިނުގަންނަވަނީ ގައުމުގައި ނެތަތީވެކަމުގައި ބެލެވެއެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ކުރއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކުރިއަށްދާނެ ގޮތުގެ އިތުރުން ނައިބު ލީޑަރަކު ހޮވުމާއި މުހިންމު އިތުރު ބައެއް ނިންމުންތައް ނިންމާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް