ޓިކްޓޮކް ތަރި ޝިއުފާ ބުރުގާ ނަގައިފި

ޓިކްޓޮކްގައި ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކްތަރި އަދި މޮޑެލް ޝިއުފާ އަހުމަދު ބުރުގާ ނަގައިފިއެވެ. ޓިކްޓޮކްގައި 93 ހާސް މީހުން ފޮލޯ ކުރަމުން އަންނަ، އަދި ޓިކްޓޮކްގެ ވީޑިއޯތަކަށް މިލިޔަނެއްހާ ލ...

24 Feb 2023 | 09:47

ޓިކްޓޮކްގައި ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކްތަރި އަދި މޮޑެލް ޝިއުފާ އަހުމަދު ބުރުގާ ނަގައިފިއެވެ.

ޓިކްޓޮކްގައި 93 ހާސް މީހުން ފޮލޯ ކުރަމުން އަންނަ، އަދި ޓިކްޓޮކްގެ ވީޑިއޯތަކަށް މިލިޔަނެއްހާ ލައިކްސް ލިބިފައިވާ ޝިއުފާ (ޝިއު) މިހާރު ވަނީ ބުރުގާ ނެގުމަށްފަހު ވީޑިއޯއެއް އޭނާގެ ޓިކްޓޮކަށް ދޫކޮށްލާފައެވެ.

ހުދު ހިތަކާއެކު "ހޭ ދެއަރ" މިހެން ޖެހުމަށްފަހު ޝިއު ޓިކްޓޮކަށް ދޫކޮށްލާފައިވަނީ "އަގަރް ތުމް މިލްޖާއޯ ޒަމާނާ ޗޯޅުދޭންގޭ" ހަމް މި ލަވައެވެ.

މި ލަވައަށްވެސް މިހާތަނަށް ދެ ހާހަށްވުރެ ގިނަ ލައިކާއި 34 ކޮމެންޓް ލިބިފައިވެއެވެ.

ކޮމެންޓްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި މިހާރު ވަކިން ލޯބި ކަމަށެވެ. އިސްތަށިގަނޑު ވަރަށް ރީތި ކަމަށެވެ. އަދި ފުރަތަމަ ނުވެސް އެނގުނު ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

https://www.tiktok.com/@shewmv/video/7203472274052189448

ޝިއު ވަނީ އޭނާ ބުރުގާ އަޅައިގެން ކުޅެފައިވާ ޓިކްޓޮކްތައް އެކައުންޓުން ޑިލީޓްކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް