އަނެއްކާވެސް ރައީސް ސޯލިހަށް ރައީސް ނަޝީދު ތާއީދު ނުކުރައްވާނެކަމުގެ އިޝާރާތެއް !

ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރާނެކަން ރައީސް ނަޝީދު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ. ރައީސް ނަޝީދު މި މޭރުމުން ބަސްފުޅެއް ވިދާޅުވެފައިވަނީ އެމަނިކުފާނު ގެންގުޅ...

24 Feb 2023 | 08:21

ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރާނެކަން ރައީސް ނަޝީދު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މި މޭރުމުން ބަސްފުޅެއް ވިދާޅުވެފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ އަން އޮފިޝަލް ޓްވިޓާ އެކައުންޓުންނެވެ.

އެ އެކައުންޓުން ފުރަތަމަ ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެމަނިކުފާނު އެމްޑީޕީއާއި ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

އެއަށްފަހު ދެން ވިދާޅުވީ އެހެން އެ ވިދާޅުވެވުނީ ގޯހުން ކަމަށާއި ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

"އެހެނަސް ރައީސް ސޯލިހާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ނުފެނޭ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

https://twitter.com/anedhivehirajje/status/1628976736905093126

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އިންތިހާބަށް ބަދަހި ސަފުތަކެއް އޮންނާނެ ކަމަށާއި ރައީސް ނަޝީދާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް