އިއްޔެ އިރު އޮއްސުނު ވަގުތު ހުޅުމާލޭ "ޖޫސްޓައިމް" އަށް ގެއްލުންދިން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަލަކު ވިދާޅުވީ ހުޅުމާލެ ޖޫސްޓައިމަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އެއީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ.
ހެލްމެޓު އަޅައިގެން މޫނު ނިވާކޮށްގެންތިބި ދެމީހަކު ހުޅުމާލޭގައި ހުންނަ ޓޭކްއަވޭ އައުޓްލެޓެއް ކަމުގައިވާ ޖޫސްޓައިމަށް ހަމަލާދީފައިވަނީ އިއްޔެގެ އިރު އޮއްސުނު ހާއިރުގައެވެ.
އެ ކަން ހިނގި ވަގުތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހަކު ޖޫސްޓައިމަށާއި އެތަނުގެ ހުރި އާލާތްތަކަށް ގެއްލުންދެނީ ދަތް މަރުތޭލުންނެވެ. ގެއްލުންދިނުމަށްފަހު ދިޔައީ އެ އައުޓްލެޓްގައި ހުރި ވަތްގަނޑުގައި ހުރި ފައިސާވެސް ހިފައިގެންނެވެ.
https://twitter.com/dhuvasmv/status/1629015105085280258
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް