ހުޅުމާލޭގެ ޓޭކްއަވޭ އައުޓްލެޓަކަށް ދެމީހަކު ހަމަލާދީ ލޫޓުވާލާ މަންޒަރު !

ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ޓޭކްއަވޭ އައުޓްލެޓެއް ކަމުގައިވާ "ޖޫސް ޓައިމް"އަށް މޫނު ނިވާކޮށްގެން ދެމީހަކު ވަދެ ހަމަލާދީ ލޫޓުވާލާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. އެ މަންޒަރު ފެންނަ ދެ...

24 Feb 2023 | 07:04

ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ޓޭކްއަވޭ އައުޓްލެޓެއް ކަމުގައިވާ "ޖޫސް ޓައިމް"އަށް މޫނު ނިވާކޮށްގެން ދެމީހަކު ވަދެ ހަމަލާދީ ލޫޓުވާލާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

އެ މަންޒަރު ފެންނަ ދެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެއް ވީޑިއޯއަކީ އެތަނުގެ އެތެރޭގައި ހުރި ކެމެރާއިން ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށް ބެލެވެއެވެ. އަނެއް ވީޑިއޯއަކީ ބޭރުގައި މަންޒަރު ބަލަން ހުރި މީހަކު ކޮށްފައިވާ ވީޑިއޯއެކެވެ.

އެތެރޭގެ ވީޑިއޯއިން ފެންނަ ގޮތުގައި ސޭޓަކު އެތެރޭގައި އިންދާ މޫނު ހެލްމެޓުގެ އިތުރުން މޫނު ނިވާކޮށްގެންތިބި ދެމީހަކު ދުރުގައި ސައިކަލު ޕާކުކޮށްލުމަށްފަހު އެ އައުޓްލެޓްގެ ކައުންޓަރުގައި ހުންނަ ތަކެތި ފުރަތަމަ އުކާލައެވެ. އަދި އެ ދެމީހުންވެސް ދެ މަރުތެޔޮ ނެގުމަށްފަހު އެކަކު އެތެރެއަށްވަދެ އެތެރޭގައި ހުރި ތަކެއްޗަށް އަނެކަކު ބޭރުގައި ހުރެ ކައުންޓަރާއި ހަމައިން ގެއްލުންދޭ މަންޒަރު ފެނެއެވެ.

އެ ދެމީހުން ގެއްލުން ދޭން ފެށުމުން ސޭޓަކަށް ހުރި މީހާ ނިކުމެގެންދާ މަންޒަފު ފެންނައިރު ގެއްލުން ދިނުމަށްފަހު އެތަނުން އެކަކު ދިޔައީ އެ އައުޓްލެޓްގެ ވަތްގަނޑު ހުޅުވައި އޭގައި ހުރި ފައިސާތައްވެސް ހިފައިގެންކަން ވީޑިއޯއިން ފެނެއެވެ.

ބޭރުގައި ކުޅި ބަލަންހުރި މީހަކު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކަން ހިނގި އިރު އެ ސަރަހައްދުގައި އާންމުންވެސް ހޭލަމޭލަވެ އުޅެމުންދިޔައެވެ.

މިއީ ރޭ އިރުއޮއްސުނު ވަގުތު ހިނގާދިޔަކަމެއް ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގައި ފުލުހުންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް